ޢަރަބި ޤައުމުތަކުން ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން ބަލައިގަނެ ތަންފީޒުކުރުމަށް ތައްޔާރު
March 05, 2025
Share this story

ލިޔުނީ
އަށްޑުވަސް,
އިޒްރާއިލްއިން ސުންނާފަތިކޮށްލި ޣައްޒާ އަލުން އާރާސްރުކުރުމަށް މިޞްރުން އިސްނަގައިގެން އެކުލަވާލި ޕްލޭނަށް އަރަބި ޤައުމުތަކުން ރުހުންދީފިއެވެ. ޕްލޭން އިފްތިތާޙްކުރަން ބޭއްވި ކުއްލި އަބަރި ސަމިޓްގައި ޣައްޒާ އާރާސްތުކުރާނީ އެތާގެ އަހުލުވެރިން އެ ބިމުގައި ބައިތިއްބައިގެން ކަމުގައި 5 އަހަރުގެ ޕްލޭނާ ގޮތުން ވާހަކަ ދައްކަވަމުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އެލް-ސީސީ ވިދާޅުވިއެވެ.solex
އަންގާރަ ދުވަހު މިޞްރުގެ ވެރިރަށް ކައިރޯގައި ބޭއްވި ކުއްލި އަރަބި ސަމިޓްގައި ޢަރަބި ލީޑަރުން ފާސްކުރި މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ އަމިއްލަކޮށް 2.3 މިލިއަން މީހުން ޣައްޒާއިން ބޭރުކުރުމަށް އިއުލާން ކުރި ޕްލޭނަށް ރައްދު ދިނުމުގެ ގޮތުން އެކުލަވާލި ޕްލޭން އެކެވެ.
ޕްލޭންގައި އެންމެ ފުރަތަމަ ފިޔަވަހި ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު އެ ފިޔަވަހީގައި އޮތީ ގާފުނިތައް ކޮނެ ސާފުކޮށް, ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެއާ ވިދިގެން ހިނގާ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ޣައްޒާއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މުހިއްމު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތަށް ފެށިގެންދާނެއެވެ. 1.2 މިލިއަން މީހުންނަށް ވަގުތީ ހިޔާވަހިކަމުގެ 20,000 ޔުނިޓް ޤާއިމްކުރާއިރު 60,000 ގެ މަރާމަތުކޮށް މީހުންނަށް ދިރިއުޅޭވޭވަރުވެސް ކުރެވިގެންދާނެއެވެ. މީގެ އިތުރުން, ފެނާއި, ނަރުދަމާގެ ޚިދުމަތް އަދި މުވާސަލާތީ ޙިދުމަތްތައްވެސް އިޢާދަކުރެވި, ޕްލޭން ތަންފީޒުކޮށް ނިމޭއިރު 400,000 ގެ އަލުން އިމާރާތް ކުރެވޭނެކަމަށްވެސް ޕްލޭންކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕްލޭންގައި ވާގޮތުން އެކަމަށް ބޭނުންވާ ފަންޑު ހޯދާނީ އދ ހިމެނޭހެން އެކިއެކި ބައިނަލްއަޤުވާމީ މާލީ އެހީތެރިކަން ދޭ ފަރާތްތަކުގެ އެހީގައެވެ.
ޕްލޭން ތަންފީޒުކުރުން ކުރިއަށްދާނީ ފަލަޞްޡީނުގެ ޓެކްނިކަލް ޕްރޮފެޝަލަނަލުންވެސް ހިމެނޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީގެ މައިގަނޑު ޒިންމާއަކީ ޣައްޒާއަށް އެތެރެވާ އިންސާނީ އެހީގެ ކަންކަން ބެލެހެއްޓުމާއި ,ޣައްޒާގެ ކަންކަން ވަގުތީގޮތުން ބެލެހެއްޓުމެވެ. ރިޕޯޓްތައް ބުނާގޮތުން އެއީ ޣައްޒާ ހިންގުމަށް ދާއިމީގޮތެއްގައި ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) އިން ހަވާލުމާ ހަމައަށެވެ.
ޕީއޭގެ އިސްވެރިޔާގެ ގޮތުން ފަލަޞްޠީނުގެ ރައީސްގެ މަޤާމުގައި ހުރި މަޙްމޫދު އައްބާސް އަދި ޣައްޒާ ހިންގަމުން އަންނަ މުޖާހިދުންގެ ގްރޫޕް, ހަމާސްއިން ވެސް ވަނީ މިޞްރުން އެކުލަވާލި ޕްލޭނަށް ތާއިދުކޮށްފައެވެ.
"އިޒްރާއިލްގެ އިސްތިއުމާރީ ބާރުތައްކުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އާރަސްތުކުރުމުގައި ރަނގަޅު އަރަބި ޤައުމުތަކުގެ ދައުރަށް އަހަރެމެން މަރުޙަބާކިޔަން. އަދި ފަލަޞްޠީނުގެ ރައްޔިތުން ވިއްސިވިހާލި ކޮށްލެވޭނެފަދަ އެއްވެސް ހީލަތްތެރި ޕްޅޭނަކަށް ޖާގައެއް ނުދޭނަން" އަންގާރަދުވަހު ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.