ފަހުވަގުތު ދެ ލަނޑު ޖަހައިގެން ސިޓީ ބަލިކޮށް, ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ކުރި ހޯދައިފި
February 12, 2025
Share this story

ފަހުވަގުތު ދެ ލަނޑު ޖަހައިގެން މެންޗެސްޓަރ ސިޓީ ބަލިކޮށް, ޗެމްޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ކުރި ހޯދައިފި އެވެ.solex
ގަދަ ސޯޅައިގެ ޖާގަ ހޯދަން ޕްލޭއޮފް ކުޅެން ޖެހުނު މިދިޔަ ދެ އަހަތުގެ ޗެމްޕިއަނުން ސިޓީގެ ދަނޑުގައި ވާދަކުރި މެޗުގެ 86 ވަނަ މިނިޓާ ހަމައަށް 2-1 ން ކުރީގައި އޮތީ ސިޓީއެވެ. އެއީ ސިޓީއަށް ހާލަންޑް ޖަހައިދިން ދެ ލަނޑާއި, ރެއާލް އަށް އެމްބާޕޭ ޖަހައިދިން ލަނޑުންނެވެ. 19 ވަނަ މިނިޓްގައި ލަނޑު ޖަހާ ސިޓީއަށް ކުރި ހޯދައިދިނީ ހާލަންޑެވެ. ރެއާލް އަށް އެމްބާޕޭ އެއްވަރުކޮށްދިނީ 60 ވަނަ މިނިޓްގައެވެ. އެކަމަކު ޕެނަލްޓީ އަކުން 80 ވަނަ މިނިޓްގައި ހާލަންޑް ދެވަނަ ފަހަރަށް ސިޓީއަށް ކުރި ހޯދައިދިނެވެ.
ރެއާލްއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް ޖެހި ލަނޑުންނެވެ. ރެއާލް އިން މެޗު އަނބުރާލީ އިތުރު ވަގުތުގައި ބެލިންގހަމް ޖެހި ލަނޑުންނެވެ. މިއީ މެޗުގެ މޮޅު ކުޅުންތެރިޔާ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހި ލަނޑެކެވެ.
މުޅި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ބެލޮންޑިއޯ އެންމެފަހުން ހޯދި ރޮޑްރީ އެއެވޯޑަށް ކިސްކޮށްގެން ހުރި ފޮޓޯއަކާއެކު ސިޓީގެ ސަޕޯޓަރުން ދަމާފައިވާ ބޮޑު ބެނާ އަށެވެ. ވިނީޝިއުސްއާ ރެއާލްއާ ދިމާކުރުމުގެ ގޮތުން ދަމާފައިވާ އެބެނާގެ ސަބަބުން އިތުރަށް 'މޯޓިވޭޓް' ވިކަމަށް މެޗަށްގަހު ވިނީޝިއުސް ބުނެފައިވެއެވެ.