ޚަބަރުސްޕޯޓްސް

ފަހުވަގުތު ރެއާލް ބަލިވެއްޖެ

February 02, 2025

Share this story

ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ފަހު ވަގުތު ބަލިވެއްޖެ އެވެ.solexsolex

ލީގުގައި ރެއާލް ބަލިވީ އެސްޕަނިޔޯލްއާ ވާދަކޮށް 1-0 ނެވެ. މެޗުން އެސްޕަނިޔޯލް މޮޅުކޮށްދިން ލަނޑު ކާލޯސް ރޮމޭރޯ ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. މިނަތީޖާގެ ސަބަބުން އެއްވަނައިގައި ލީޑް 4 ޕޮއިންޓަށް ފުޅާކުރަން ލިބުނު ރަނުގެ ފުރުޞަތު ރެއާލް އަށް ގެއްލުނީއެވެ. މިހާރު ރެއާލް އެއްވަނައިގައި އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ.

މެޗުން ރެެއާލް ބަލިވީ ލަނޑު ޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުކުރެވިއެވެ. އަނެއްކޮޅުން މިބައްޔާއެކު މިމަހު 11 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ޕްލޭ އޮފް މެޗުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރަން ޖެހޭ މެޗު އެބައޮތެވެ. ޑިފެންޑަރ ރުޑިގާ އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުމަކީ މިވަގުތަށް ކޯޗު ކާލޯ އެންޗެލޮޓީ އަށް އޮތް ނުތަނަވަސްކަމެކެވެ.