ނެޓްޒަރިމް ކޮރިޑޯއިން އިޒްރާއިލް އަސްކަރިއްޔާގެ ފައުޖުތައް ފައިބައިފި
February 10, 2025
Share this story

ލިޔުނީ
އަށްޑުވަސް,
ފާއިތުވެދިޔަ މަހު 19 ގައި ހަމާސްއާއި އިޒްރާއިލްއާ ދެމެދު ވީ އެއްބަސްވުމާ އެއްގޮތަށް ނެޓްޒަރިމް ކޮރިޑޯއިން އިޒްރާއިލްގެ އަސްކަރިއްޔާގެ ފައުޖުތައް އެއްކޮށް ފައިބައިއެވެ.solex
އަސްކަރިއްޔާގެ ފައުޖުތައް ހަނގުރާމަމަތީ ޓޭންކްތަކާއެކު އެސަރަޙައްދު ދޫކޮށް ގޮސްފައިވާކަށް ހަމާސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ހަމާސްގެ އޮފިޝަލަކާ ޙަވާލާދީ އަލްޖަޒީގައި ބުނެފައިވަނީ މިހާރު ސަލާހުއްދީން މަގުން ދުއްވާ އެއްޗެއްސަށް މިނިވަންކަމާއެކު ދުއްވޭނެކަމުގައެވެ.
ޖެނުއަރީ 19 ވަނަ ދުވަހު އަމަލުކުރަންފެށި އެއްބަސްވުމާ އެއްގޮތަށް ނެޓްޒަރިމް އިން އިޒްރާއިލްގެ ފައުޖުތައް ފޭބުމަށް ދީފައިވާ މުއްދަތަކީ މިއަދެވެ.
ނެޓްޒަރިމް ކޮރިޑޯއަކީ އުތުރު ޣައްޒާ, އަދި ޣައްޒާގެ ބިމުގެ ބާކީބައި, ބިމުގެ ގޮތުން ވަކިކޮށް އިޒްރާއިލް ދަމާފައިވާ ރޮނގެކެވެ.
ނެޓްޒަރިމް ކޮރިޑޯގައި އަސްކަރިއްޔާގެ ފައުޖުތައް ރުކުރުވާލާ އުތުރުން މީހަކު ދިޔަނުދީ, އަދި އެތެރެވިޔަނުދީ ކަރަންޓާއި މުވާސަލާތީ ހިދުމަތާއި ކާނާއާއި ބޯފެން އަދި ބޭހާއި ސިއްހީ ފަރުވާއިން އުތުރު ޣައްޒާ އެކަހެރިކޮށްފައި ތިންމަސް ދުވަހަށް ވުރެ ގިނަ ދުވަސް ބޭއްވިއެވެ. އެއްބަސްވުން އައުމާއެކު އިޒްރާއިލްއިން އުތުރުގައި ފެށި ނަޞްލު ނައްތާމުގެ ހީލަތްތެރި ރޭވުންވަނީ ނާކާމިޔާބު ވެފައެވެ.
އިޒްރާއިލް ސިފައިން ނެޓްޒަރިމް ކޮރިޑޯ ދޫކޮށްދިއުމާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަމުން ދޭހަވަނީ އިޒްރާއިލްއިން ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ އަމާޒަށް ވާސިލްވުމުގައި އިޒްރާއިލް ފެއިލްވަމުންދާ ކަމުގައެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދާ ދިއުމާއި, އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ އަސީރުން މިނިވަންވެގެންދާތަށް ފެނުމަކީ 15 މަސްވަންދެން އިޒްރާއިލްއިން ކުރި ހަނގުރާމަ ކާމިޔާބުވެފައިވާކަމަށް ނަތަންޔާހޫ ބުނެފައިވާ ވުމަކީ ބޮޑު ދޮގެއްކަން ހާމަވާ ކަމެއްކަމަށެވެ.