އަނިޔާގެ ސަބަބުން ޑި ޔޯން އަށް ޔޫރޯގައި ނުކުޅެވޭނެ
June 11, 2024
Share this story

އަނިޔާގެ ސަބަބުން ޑި ޔޯން އަށް ޔޫރޯގައި ނުކުޅެވޭނެކަން ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ކަށަވަރު ކޮށްދީފި އެވެ.solex
މިޑްފީލްޑަރ ޑި ޔޯން އަށް އަނިޔާވީ ކްލަބް ބާސެލޯނާއަށް ކުޅެނިކޮށެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު ޖަރުމަނުގައި ފަށާ މުބާރާތަށް ނެދަލެންޑްސް އިން ތައްޔާރުވީ ޑި ޔޯން އަށް ކުޅެވިދާނެ ކަމަށް ބަލާ ސްކޮޑްގައި ހިމަނައިގެންނެވެ. ޑި ޔޯންއަށް ނުކުޅެވޭނެކަމަށް ކޯޗު ބުނީ މުބާރާތުގައި ކުރިން ކުޅުނު ފަހު މެޗުގައި 4-0 ން އައިސްލެންޑް ބަލިކުރުމަށް ފަހުއެވެ.
27 އަހަރުގެ މިޑްފީލްޑަރުގެ ކުޑަހުޅަށް އަނިޔާވީ މާރޗް މަހުއެވެ. މުބާރާތުގައި ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ވާދަކުރާނީ ޕޮލެންޑާ އެވެ. ގްރޫޕްގައި ދެން ހިމެނެނީ ފްރާންސާއި އޮސްޓްރިއާއެވެ.