ޚަބަރުދުނިޔެ

އީރާނުގެ ކުރީގެ ރައީސް ނުހިމަނާ 6 ބޭފުޅަކު އިރާނުގެ ރައީސްކަމަށް ޝަރުތުހަމަވާ ކަމަށް ނިންމައިފި

June 10, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އީރާން

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރާނުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީ ނީޖާދު ނުހިމަނާ 6 ބޭފުޅަކު އިރާނުގެ ރައީސްކަމަށް ޝަރުތުހަމަވާ ކަމަށް ނިންމައިފިއެވެ. solexsolex

އީރާނުގެ ޤާނޫނު ބުނާގޮތުން އިރާނުގެ ރައީސްކަމަށް ކުރިމަތިލާނެ ފަރާތްތަށް ކަނަޑައަޅަނީ އެކަމަށް ކުރިމަތިލާ ފަރާތްތައް ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމަށްފަހު، 12 މެމްބަރުންގެ މައްޗަށް އެކުލެވޭ އީރާނުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުންނާއި އަދި ދާޚިލީ ވުޒާރާ އިންނެވެ.

އީރާނުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން 80 ފަރާތަކުން ފޯމު ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އިރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދު ހިމެނޭ އިރު އެމަނިކުފާނުގެ ނަން އުނިކޮށްފައި ވަނީ ރައީސްކަމުގެ މަޤާމަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށް ނިންމާފައެވެ.

އީރާނުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުގެ ތަރުޖަމާނު ހާދީ ތާހަން ނާޒިފް އާއި ހަވާލާދީ ޕްރެސް ޓީވީން ބުނެފައިވަނީ ކެންޑިޑޭޓުން ހޮވާފައި ވަނީ ކޮލިފިކޭޝަނަށް ބަލައިގެން ކަމަށާއި އެގޮތުން ރައީސްކަމަށް ޝަރުތު ހަމަވާ 6 ފަރާތެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދުގެ ނަން ނުހިމެނޭ ކަމަށެވެ.

އީރާނުގެ ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ޝަރުތު ހަމަވާކަމަށް އިއުލާނުކޮށްފައިވާ 6 ކެންޑިޑޭޓުންނަކީ ކުރީގެ ދާޚިލީ ވަޒީރު މުސްތަފާ ޕޯމުހައްމަދީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަސްއޫދު ޕެޒެޝްކިއާން، ކޮންޒަވޭޓިވް ޕޮލިޓީޝިއަން އާމިރުހުސެއިން ގާޒީޒާދޭ، ތެހެރާން ސިޓީގެ މޭޔަރ އަލީރެޒާ ޒަކާނީ، ކުރީގެ ނިއުކްލިއަރ ޗީފް ނިގޯޝިއޭޓަރ ސައީދު ޖަލީލީ އަދި އީރާނުގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް މުހައްމަދު ބާގިރް ގަލިބަފް އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ ރިޔާސީ އިންތިހާބަކީ އެ ގައުމުގެ ވެރިކަމުގައި ހުންނެވި އިބްރާހިމް ރައީސީ މިދިޔަމަހުގެ 19 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެން ބާއްވާ އިންތިހާބެކެވެ.