ޚަބަރުދުނިޔެ

މޯދީއަށް ގޮނޑި ކާމިޔާބު ކުރެވުނަސް ބީޖޭޕީއަށް ބޮޑު ނާކާމިޔާބީއެއް

June 04, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިންޑިޔާ

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮނޑި ދިފާއު ކުރެވުނު ނަމަވެސް ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. solexsolex

އިންޑިއާގައި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ބޭއްވި އާންމު އިންތިހާބުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑިއެވެ. އިންޑިއަން ނޭޝަނަލް ކޮންގްރެސް އަށް ލިބިފައިވަނީ 99 ގޮނޑިއެވެ. ބީޖޭޕީ ކޯލިޝަން ހަދައިގެން އުފައްދާފައިވާ އެންޑީއޭއަށް 291 ގޮނޑި ލިބިފައި ވުމުން އެކޯލިޝަނަށް ވަނީ ޤާނޫނު ހަދާ މަޖިލިހުގެ މެޖޯރިޓީ ލިބިފައެވެ. ނަމަވެސް ބީޖޭޕީ އަށް އެކަނި ޤާނޫނު ހަދާ މަޖިލިހުގެ މެޖޯރިޓީ ހޯދި ހޯދުން މިފަހަރު މިވަނީ ގެއްލިފައެވެ.

އެންޑީއޭއީން މި އިންތިޚާބުގައި ކުރި ހޯދި ނަމަވެސް، މިއީ އެ ކޯލިޝަނުން ހޯދަން އަމާޒުކުރި ވަރަށް ވުރެ ދަށް ނަތީޖާއެކެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފީ ބީޖޭޕީން އެކަނި 370 ގޮނޑި ހޯދައި، އެންޑީއޭގެ ޖުމްލަ ގޮނޑި 400އަށް ވުރެ އިތުރު ކުރުމަށެވެ. އެހެން ކަމުން މިއީ ބޮޑުވަޒީރު ނަރެއްދުރަ މޯދީއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

އިންޑިއާގައި 2019 ވަނަ އަހަރު ބޭއްވުނު އާންމު އިންތިޚާބުގައި ބީޖޭޕީގެ 303 ގޮނޑި ހިމެނޭ ގޮތަށް އެންޑީއޭއިން 353 ގޮނޑި ހޯދިއިރު އިދިކޮޅު ކޮންގްރެސްއަށް ލިބުނީ 52 ގޮނޑިއެވެ. އޭރު އެ ޕާޓީ އިސްވެ އޮތް ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަންސް (ޔޫޕީއޭ)އަށް ލިބުނީ 91 ގޮޑިއެވެ.

މި ނަތީޖާތަކާއި އެކު އިންޑިއާގެ ސިޔާސީ މަސްރަހަށް ބޮޑަތި ބަދަލުތަކެއް އަންނާނެކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.