ޚަބަރުސްޕޯޓްސް

ރަންބޫޓް ހާލަންޑަށް, މޮޅު ކުޅުންތެރިއަކަށް ފޮޑެން

May 20, 2024

Share this story

އިނގިރޭސި ޕްރިމިއަރ ލީގުގެ ރަންބޫޓް ހާލަންޑް ދިފާއުކޮށްފި އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ހޭދަކުރި ދެވަނަ ސީޒަންގައި ވެސް ރަންބޫޓް ހޯދީ ބޮރޫޝިޔާ ޑޯޓްމުންޑުން ސިޓީއަށް ބަދަލުވި ނޯވޭގެ ފޯވާޑް ހާލަންޑެވެ.solexsolex

ހާލަންޑް ރަންބޫޓް ދިފާއުކުރީ 27 ލަނޑު ޖަހައިގެންނެވެ. ހާލަންޑާ އެންމެ ގާތުން ވާދަކުރީ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ޗެލްސީގެ ކޯލް ޕާމާ އެވެ. ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ލީގުގައި 22 ލަނޑު ޖެހިއެވެ. ނިއުކާސަލް ޔުނައިޓެޑްގެ އިސާކް 21 ލަނޑު ޖެހިއެވެ.

ލީގުގެ މޮޅު ކުޅުންތެރިޔާ ސިޓީގެ ފޮޑެން ވަނީ ލީގުގައި 19 ލަނޑު ޖަހާފައެވެ. އޭގެތެރޭގައި ފަހު މެޗުގައި ސިޓީއަށް ލީގު ޔަގީންކޮށްދޭން ޖެހި ދެ ލަނޑު ވެސް ހިމެނެއެވެ. ފަހު މެޗަށް ނިކުއިން އިރުވެސް ފޮޑެން އަށް ވަނީ ލީގުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ދީފައެވެ. މިދިޔަ ސީޒަންގައި ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް ހާލަންޑެވެ. މިދިޔަ ސީޒަންގެ ލީގުގައި ހާލަންޑް 36 ގޯލް ޖެހިއެވެ.

ލީގު ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ ހޯދީ, އާސެނަލް އަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެއީ 91 ޕޮއިންޓާ އެކުއެވެ. އާސެނަލް ވަނީ 89 ޕޮއިންޓް ހޯދާފައެވެ. ސިޓީ ވެފައި ވަނީ ވިދިވިދިގެން 4 ފަހަރު ޕްރިމިއަރ ލީގު ހޯދި ފުރަތަމަ ޓީމަށެވެ. އެފަޚުރު ހޯދައިދިން ކޯޗަކީ ޕެޕް ގާޑިއޯލާ އެވެ.