ޚަބަރުރާއްޖެ

ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލަކީ ރާއްޖެ

December 02, 2023

Share this story

ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލަކަށް މިއަހަރުވެސް ރާއްޖެ ހޮވައިފިއެވެ. މިއީ ފަޚްރުވެރި އެވޯޑް ވިދިވިދިގެން ރާއްޖެއިން ހޯދި 4 ވަނަ ފަހަރެވެ.solexsolex

ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ރާއްޖެއަށް މިއެވޯޑް ލިބުނީ މަގްބޫލް 17 ގައުމަކާ ވާދަކޮށެވެ. އޭގެތެރޭގައި ދިވެހިންގެ މަގްބޫލް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިޔާއާއި, ދުބާއީވެސް ހިމެނެއެވެ. އަދި ޔޫރަޕްގެ ސްޕެއިންއާއި ނިއުޒިލެންޑްވެސް ހިމެނެއެވެ. ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަމާއި ރީތިކަން އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް (އެމްއެމްޕީއާރުސީ) ނެވެ.

އެންމެ މަގްބޫލް މަންޒިލްގެ އިތުރުން މިދިޔަ ސަރުކާރުގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި ޑރ.އަބުދުالله މައުސޫމަށް ވަނީ ޓްރެވަލް ޕާސަނަލިޓީ އެވޯޑް ލިބިފައެވެ. މިއެވޯޑް ކުރީގެ މިނިސްޓަރަށް ލިބުމުގައި ކޮވިޑް19 ގެ ހާލަތަށްފަހު ފަތުރުވެރިކަން އަނބުރާ އިޔާދަކުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރެވެއެވެ.

މީގެއިތުރުން ވޯލްޑް ލީޑިންގ ޓޫރިސްޓް ބޯޑް އެވޯޑާއި, ލީޑިންގ ބީޗް ޑެސްޓިނޭޝަން އެވޯޑާއި, ލީޑިންގ ޑައިވް ޑެސްޓިނޭޝަން އެވޯޑް އަދި ހަނިމޫނަށް އެންމެ މަގްބޫލް މަންޒިލަށް ދޭ އެވޯޑްވެސް ވަނީ ލިބިފައެވެ. އެވޮޑްތައް ދިނުން އޮތީ ދުބާއީގެ ބުރުޖް އަލް އަރަބް ގައެވެ.