އާކައިވްމީހުން

އިބްރާހިމް ނާސިރު

August 02, 2022

Share this story

ލިޔުނީ

އަށްޑުވަސް,

އިބްރާހީމް ނާސިރު

އިބްރާހިމް ނާސިރު (ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު) އަކީ ރާއްޖޭގެ މިނިވަންކަމުގެ ބާނީ އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ދިވެހި ސަރުކާރުގެ އެންމެ އިސް މަގާމު 19 އަހަރު ވަންދެން ނާސިރު ފުރުއްވިއެވެ. އިބްރާހިމް ނާސިރަކީ ރާއްޖޭގެ ބޮޑުވަޒީރުކަމާއި، ތަފާތު އެތައް ވުޒާރާއެއްގެ ވަޒީރުކަން ފުރުއްވި ސްޓޭޓްސްމަނެކެވެ. އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ތަނބުތަކެއް ގާއިމްކުރެއްވި އިގްތިސާދީ މާހިރެކެވެ. solexsolex

26 ޖުލައި 1965 ގައި އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވިއެވެ. އެ މިނިވަންކަމުގެ އެއްބަސްވުމުގައި އިނގިރޭސި ސަރުކާރާއެކު ސޮއިކުރެއްވީ އެމަނިކުފާނެވެ. އައްޑުއަތޮޅު ގަމުގައި ހިންގަމުން ގެންދިޔަ އިނގިރޭސިންގެ ޢަސްކަރީ ބޭސް ހިންގުން ނިމުމަކަށް ގެންނެވީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ. އަދި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވީވެސް އެމަނިކުފާނެވެ.

އިބްރާހިމް ނާސިރު އުފަންވެ ވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައެވެ. އަވަހާރަވީ 22 ނޮވެމްބަރު 2008 ގައެވެ.

ޅައުމުރު

ނާސިރު ކުޑަ ދުވަސްކޮޅަކު ސިލޯނަށް ވަޑައިގެން ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު އަނބުރާ ވަޑައިގެން އުޅުއްވީ ބޮޑަށް ސަރުކާރުގެ އެކި މަގާމު އަދާކުރެއްވުމުގައެވެ.

ބޮޑުވަޒީރުކަން

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނިމުމަށްފަހު ވެރިކަމަށް ވަޑައިގަތީ ވެލާނޭގޭ އިބްރާހިމް މުހައްމަދު ދީދީއެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ، 1955ގައި އިބްރާހިމް މުހައްމަދު ދީދީ އާލާސްކަންފުޅަކަށް ފަރުވާއަކަށް ސިލޯނަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތެވެ. އެއަށްފަހު ދިވެހި ދައުލަތުގެ ކަންކަން ހިންގެވުމާ ހަވާލުވެވަޑައިގަތީ ނާސިރެވެ. ނާސިރު ބޮޑު ބޭބޭފުޅަށް އެންގެވީ އަނބުރާ ރާއްޖެ ވަޑައިނުގަތުމަށެވެ. އެއަށްފަހު، ދިވެހި ދައުލަތުގެ އެންމެ ބާރުގަދަ ބޭފުޅަކަށް ނާސިރު ވެވަޑައިގަތެވެ.

އިބްރާހިމް ނާސިރުގެ އުމުރުން 31 އަހަރުފުޅުގައި (12 ޑިސެމްބަރު 1957) ގައި ރާއްޖޭގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ. 26 ޖުލައި 1965ގައި އިނގިރޭސި ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީ ނާސިރެވެ. އެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ނާސިރެވެ.

ރައީސްކަން

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމާ ނާސިރު ހަވާލުވެ ވަޑައިގަތީ 11 ނޮވެމްބަރު 1968 ގައެވެ. މި މަގާމުގައި 10 އަހަރު ހުންނެވުމަށްފަހު 11 ނޮވެމްބަރު 1978 ގައި މަގާމުން އިސްތިއުފާ ދެއްވިއެވެ.

ނާސިރުގެ މުހިންމު ޚިދުމަތްތައް

- 26 ޖުލައި 1965 ގައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުން

- އިނގިރޭސި ތައުލީމު ފެއްޓެވުމާއި އޭލެވެލް ތައާރަފްކުރެއްވުން

- އަތޮޅު ތައުލީމީ މަރުކަޒުތައް ގާއިމްކުރެއްވުން

- އަންހެނުންނަށް ވޯޓުލުމުގެ ފުރުސަތު

- ނަރުހުން ތަމްރީނުކުރަން ފެއްޓެވުން

- ހެލްތު ސެންޓަރުތައް ގާއިމްކުރެއްވުން

- ފުރަތަ ހޮސްޕިޓަލް ގާއިމްކުރެއްވުން

- ފުރަތަމަ އެއާޕޯޓު ގާއިމްކުރެއްވުން

- ޓުއަރިޒަމް އިންޑަސްޓްރީ ތައާރަފްކުރެއްވުން

- އިންޖީނުލީ މަސްދޯނި ތައާރަފްކުރެއްވުން

- ފެލިވަރު މަސްބަންދުކުރާ ކާރުހާނާ ގާއިމްކުރެއްވުން

- މޯލްޑިވްސް ޝިޕިންގ ލިމިޓެޑު ގާއިމްކުރައްވައި، ޝިޕިން ލައިން ފުޅާކުރެއްވުން

އާއިލާ

އިބްރާހިމް ނާސިރަކީ ވެލާނާގޭ މުހައްމަދު ދީދީގެ އަހުމަދު ދީދީގެ ބޭފުޅެކެވެ. މަންމާފުޅަކީ ފުވައްމުލަކު އައިޝަތު މޫސާ ދީދީއެވެ. ނާސިރުގެ ބައްޕަ ފަރާތު ބޮޑުބޭބޭފުޅަކީ ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބުރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީއެވެ.

އިބްރާހިމް ނާސިރު ތިން ބޭފުޅަކާ ކައިވެނި ބައްލަވައިގެން، 5 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ.

ސޯސަންގޭ ތުއްތުދޮންގޮމާ (އައިޝަތު ޒުބައިރު) އާއި ކައިވެން ބައްލަވައިގެން ލިބިފަޑައިގެންނެވި ބޭފުޅަކީ އަހުމަދު ނާސިރެވެ.

ބަގީޗާގޭ މަރިޔަމް ސައީދުއާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، މުހައްމަދު ނާސިރާއި އަލީ ނާސިރެވެ.

ހިކިފިނިވެންމާގޭ ނަސީމާ މުހައްމަދު ކަލޭގެފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، އިސްމާއީލް ނާސިރާއި އައިޝަތު ނާސިރެވެ.