ރީތީގެ މުބާރާތުގައި ބައިވެރިވުމާ ސަރުކާރާ ގުޅުމެއް ނެތް, ކުށްވެރި ކުރަން- ސަރުކާރު
October 30, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ދިވެއްސަކު ދުނިޔޭގެ ރީތިގެ މުބާރާތެއްގައި ބައިވެރިވުމާ ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި, އެކަމަށް ތަރުހީބު ނުދޭ ކަމަސް ސަރުކާރުން ބުނެފިއެވެ.solex
މިސް ޔުނިވާދްގައި ދިވެއްސަކު ބައިވެރިވާތީ ޢާއްމުން ފާޑުކިޔާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެއީ ރާއްޖެ ތަމްސީލް ކުރަން ބައިވެރިވާ ބައިވެރިވުމެއް އަދި ސަރުކާރުގެ ބައިވެރިވުމެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.
މިނިސްޓްރީން ބުނީ ދިވެހިންގެ ދީނާ, އަޤީދާއާއި, ޘަޤާފަތާއި, ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ ހަރަކާތްތަކާއި މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް މުބާރާތުގައި ބައިވެރިވުން ހުއްޓާލުމަށް ގޮވާލާފައެވެ.
ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން, ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ގޮވާލަމެވެ
އެމުބާރާތުގައި ދިވެއްސަކު ބައިވެރިވަނީ ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރާތީވެސް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއަހަރުގެ މިސް ޔުނިވާސް ގައި ބައިވެރިވަނީ ރާއްޖޭގެ މޮޑެލް މަރިޔަމް ޝައިނާ ނަސީމް އެވެ. އެކަން ސަމާލުކަމަށް އައީ މެކްސިކޯގައި އޮންނަ މުބާރާތަށް ދިއުމަށް ވިސާ ހޯދަން އެމްބަސީއަށް ދިޔަ ފޮޓޯ މެކްސިކޯ އެމްބަސީން ޢާއްމު ކުރުމުންނެވެ.