ޚަބަރުރާއްޖެ

ސަރުކާރުން ހުށަހަޅާފައިވަނީ މިނިވަން މުއައްސަސާތަކުން އެދުނު އިސްލާހެއް- ހަބީބު

October 30, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެންޓިކޮރަޕްޝަން ޤާނޫނާއި, އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ސަރުކާރު ހުށަހަޅުއްވާފައިވާ އިސްލާހަކީ މިނިވަން މުއައްސަސާތަކުން އެދިފައިވާ އިސްލާހެއް ކަމަށް ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ. solexsolex

ކުރިން އިލެކްޝަން ކޮމިޝަންގެ ނައިބުރައީސްކަން ކުރެއްވުމަށްފަހު ސެޕްޓެމްބަރު މަހު ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމަށް މިދިޔަ އަހަރު މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަރުދާހެއްގައި ހިމަނުއްވާފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި, ނައިބު ރައީސް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ އެއިސްލާހު ގެނައުމަށް މިނިވަން މުއައްސަސާތަކުން 2023 ވަނަ އަހަރު އެދިފައިވާ އިސްލާހެއް ކަމަށެވެ 2023 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި އެބަދަލު ގެންނަން ހިމަނުއްވާފަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް ކަމަށެވެ.

ހަބީބު މިފަދައިން ވިދާޅުވެފައި ވަނީ އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި, އެންޓިކޮރަޕްޝަން ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި އެންޓި ކޮރަޕްޝަން ޤާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ ބަހުސް ފަށާފައި ވަނިކޮށެވެ.