ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފި
September 30, 2024
Share this story
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފިއެވެ. solex
މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.
ފޮރިންގ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޢަބްދުالله ޚަލީލް މިހާތަނަށް ހުންނެވީ ހެލްތް މިނިސްޓަރު ކަމުގެ މަގާމްގައެވެ. ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ނާޒިމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގައެވެ. ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޒަމީރު މިހާތަނަށް ހުންނެވީ ފޮރިންގ މިނިސްޓަރު ކަމުގައެވެ. ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމްގައި ކުރިން ހުންނެވި ޑރ.މުހައްމަދު ޝަފީޤު ބަދަލުކުރެއްވި މަގާމެއް ސާފެއް ނުވެއެވެ.
ޒަމީރު ވަނީ ކުރިން ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އަދި ނާޒިމް ވަނީ ކުރިންވެސް ހެލްތް މިނިސްޓަރު ކަން ކުރައްވާފައެވެ. އެއީ ރައީސް ޔާމީނުގެ ދައުރުގައެވެ.