ނަފްސާނީ ވެއްޖެ, ފްލެޓާއި ގޯތި އަވަހަށް ހަވާލުކޮށްދީ!
July 19, 2024
Share this story

މިދިޔަ އެމްޑީޕީ ސަރުކާރުގައި ދޫކުރި ފްލެޓްތަކާއި, ގޯތިތައް އަވަހަށް ހަވާލުކޮށްދިނުމަށް ގޮވާލާ ލިބުނު މީހުން އަޑު އުފުލައިފި އެވެ.solex
ހެންވެއިރު ރާޅުގަނޑި ސަރަހައްދުގައި ރޭ އެމީހުން ގޮވާލީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ފްލެޓާއި, ގޯތި ލިބުނު މީހުންނަށް އެލިބުނު ތާކުން އަވަހަށް ހަވާލުކޮށް ދިނުމަށެވެ. އެމީހުންގެ ކަންބޮޑުވުމަކީ ފްލެޓާއި ގޯތި ހަވާލުކުރުން މާބޮޑަށް ލަސްވެގެން ދިއުމެވެ. އަދި ގުޅިފަޅު ހިއްކުން ހުއްޓާލުމުގެ ކަންބޮޑުވުންވެސް ފާޅުކުރިއެވެ. އޭސީސީގެ އެންގުމަށް ހަމައެކަނި ފްލެޓް ދޫކުރުން ހުއްޓާލާ, އޭސީސީގެ އެންގުމަށް އިދާރާތަކުގެ މަަސައްކަތް ހުއްޓާލަން ނުޖެހޭނެ ކަމަށް ދައުލަތުން ކޯޓްގައި ބުނެފައިވާތީވެސް އެއްވި މީހުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދިއެވެ.
އެއްވި މީހުން ބުނީ ފްލެޓާއި ގޯތި މައްސަލައިގައި އެމީހުން މިހާރު ނަފްސާނީ ވެއްޖެ ކަމަށެވެ. ކަންބޮޑުނުވާން ސަރުކާރުން ބުންޏަސް އެކަމުގައި އަލިމަގެއް ނުފެންނަ ކަމަށް ބުންޏެވެ.
ސުލުހަވެރިކަމާއެކު އެއްވި މީހުން ދެގަޑިއެއްހާއިރު އަޑުއުފުލިއެވެ. އެއްވުން ލީޑްކުރީ ގޯއްޗާއި ފްލެޓްތައް ހޯދުމުގެ މަސައްކަތަށް ޚާއްޞަކޮށް އުފެއްދި ޖަމްއިއްޔާތަކުންނެވެ. އޭގެތެރޭގައި ފަހި ޔޫނިއަން އާއި މާލޭ ރަށްވެހިންގެ ޖަމްއިއްޔާ ހިމެނެއެވެ.