ޚަބަރުރާއްޖެ

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބޭ އޮންއެރައިވަލް ވިސާގެ މުއްދަތު 60 ދުވަހަށް އިތުރުވެއްޖެ

July 18, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ފޮރިންގ މިނިސްޓްރީ

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ލިބެމުންދާ 30 ދުވަހުގެ އޮންއެރައިވަލް ވިސާގެ މުއްދަތު 60 ދުވަހަށް އިތުރުކޮށްފިއެވެ. solexsolex

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ބަދަލާއެކު، ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ދެ މަހުގެ މުއްދަތަށް އެ ޤައުމުގައި މަޑުކުރެވޭނެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 60 ދުވަހުގެ މުއްދަތަށްފަހުވެސް އިތުރަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުމުން އިތުރު 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ދިވެހިންނަށް ތައިލެންޑުން އޮންއެރައިވަލް ވިސާ ދޭން ފެށީ 2019 ވަނަ އަހަރުގެ މާރޗް 23 ގައެވެ. އޭރުން ފެށިގެން މިހާތަނަށް ތައިލެންޑުން ދެމުން ގެންދިޔައީ 30 ދުވަހުގެ އޮންއެރައިވަލް ވިސާ އެވެ.

ތައިލެންޑަކީ ވިޔަފާރިއާއި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ ޤައުމެކެވެ.