ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަކަށް ޕީއެންސީގެ ޖާދުالله
June 15, 2024
Share this story

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަކަށް ޕީއެންސީގެ ޖާދުالله ހަމީދު އިންތިޚާބު ކޮށްފިއެވެ. solex
ބައި އިލެކްޝަން ކާމިޔާބުކޮށް ޖާދުالله ރަށު ކައުންސިލް ރައީސްކަމަށް އިންތިޚާބުވީ 826 ވޯޓާ އެކުއެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله ޖަމީލަށް ލިބުނީ 624 ވޯޓެވެ.
އިއްޔެ ބޭއްވި ބައި އިލެކްޝަން ކާމިޔާބުކޮށް ލ.ގަމު ކައުންސިލްގެ މެމްބަރުކަމަށް އިންތިޚާބުވީ އެމްޑީޕީގެ އަފްޞަލް ޖައުފަރެވެ. އޭނާ 894 ވޯޓް ހޯދި އެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ޕީއެންސީގެ އަލީ ނަޝީދަށް ލިބުނީ 644 ވޯޓެވެ.
މ.މުލަކު ކައުންސިލްގެ އަންހެން މެމްބަރު ކަމަށް އިންތިޚާބުވީ އަމިއްލަ ގޮތުން ރީމާ ހުސައިން (ރީމް) އެވެ. އޭނާ 336 ވޯޓް ހޯދިއެވެ. ވާދަކުރެއްވި ޕީއެންސީގެ މިޒްނާ ތައުފީޤަށް ލިބުނީ 282 ވޯޓެވެ.