ގަވާއިދާ ޚިލާފަށް ޕާކު ކުރި 163 އުޅަނދެއް ދެ ދުވަސްތެރޭ ޓޯކޮށްފި
June 15, 2024
Share this story

ލިޔުނީ
އަށްޑުވަސް,
މާލޭގެ މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 163 އުޅަނދެއް، ހުސްވި ދެ ދުވަހުގެ ތެރޭގައި ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.solex
ފުލުހުން ބުނީ މާލޭގެ މަގުމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތާށް ޕާކުކޮށްފައިހުރި ހަތަރު ފުރޮޅުލީ 163 އުޅަނދެއް މިދިޔަ ދެ ދުވަހުގެ ތެރޭގައި ޓޯކޮށްފައިވާކަމަށެވެ.
އެގޮތުން ޓޯކޮށްފައިވަނީ:
- - ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި 84 އުޅަނދެއް
- - އަމީނީ މަގު ދަރުބާރުގެ ސަރަޙައްދު، ބޮޑުތަކުރުފާނު މަގު ސެނެހިޔާ ސަރަޙައްދުން ފެށިގެން މާގިރި ހޮޓަލާ ހަމައަށް އަދި އިއްޒުއްދީން މަގުގެ ބަސް ސްޓޮފް ކައިރީ ނުގަވާއިދުން ޕާކުކޮށްފައި ހުރި މުޅި ޖުމްލަ 79 އުޅަނދެއް
އެގޮތުން ފުލުހުން ބުނީ، އިއްޒުއްދީން މަގުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީނުކުރާ އުޅަނދުތައް ވެސް ހިމެނޭ ކަަަމަށެވެ.
މާލެ ސަރަޙައްދުގައި ނުގަވާއިދުން ޕާކު ކުރުމުގެ މައްސަލަ އިތުުވެ، އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކު ނުކުރުމަށް ފުލުހުން އާންމުންގެ ކިބައިން އެދިފައިވެއެވެ.
އަދި ޕާކު ކުރުމުގައި ޕާކިން ޒޯންތައް ޚިޔާރުކުރުމަށް ވެސް ފުލުހުން އެދެއެވެ.