ޙައްޖު ދުވަހުގެ ހެޔޮ އެދުންތައް ރައީސް ފޮނުއްވައިފި
June 15, 2024
Share this story

ލިޔުނީ
އަށްޑުވަސް,
ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮ އެދުންތައް، ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.solex
ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ދުވަހަކީ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމަށެވެ.
ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވާށިއެވެ،"- ރައީސް ޑރ. މުޙައްމަދު މުޢިއްޒު
މި އަހަރުގެ ޙައްޖަށް ރާއްޖެއިން 1115 މީހަކު ވަނީ ޙައްޖަށް ގޮސްފައެވެ. އެއީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދިން 1،000 މީހުންގެ ކޯޓާގެ އިތުރުން، ސަރުކާރުން އެދިގެން އިތުރުކޮށްދިން އިތުރު 115 ކޯޓާގެ މީހުންނެވެ.
އެ މީހުންގެ ތެރޭގައި ފަގީރުންގެ ގޮތުގައި ސަރުކާރުގެ ޚަރަދުގައި 50 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކުރަން ގޮސްފައެވެ.
މި އަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ޙައްޖަށް ދިޔަ އެންމެން ވެސް ވަނީ އަރަފާތު ބިމަށް ގޮސްފައެވެ.