ޚަބަރުރާއްޖެ

މަތީ ތަޢުލީމުގެ ލޯނަށް ޝަރުތު ހަމަވީ 1709 ދަރިވަރުން, ލޯނު ދެނީ 1153 ދަރިވަރުންނަށް

June 11, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ހަޔަރ އެޑިޔުކޭޝަން

ސަރުކާރުގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅި 1709 ދަރިވަރުންގެ ތެރެއިން 1،153 ދަރިވަރުންނަށް ލޯނު ދިނުމުގެ ޝަރުތު ހަމަވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާ އެކަން އިޢުލާނުކޮށްފިއެވެ. solexsolex

މިނިސްޓްރީން ވިދާޅުވީ މި އަހަރުގެ ލޯނު ސްކީމަށް މިހާތަނަށް 1015 ދަރިވަރުން ސެލެކްޓް ވެފައިވާ ކަމަށާއި، އެ ދަރިވަރުންނަށް މި މަހުގެ 13 ވަނަ ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ " ސްޕޮންސަރ ލެޓަރ" ލިބޭނެ ކަމަށެވެ.

ޕައިލެޓް ލައިސެންސް ސްލޮޓްގެ މިއަދު އިއުލާނު ކޮށްފައިވަނީ ވަގުތީ ނަތީޖާ ކަމަށާއި، އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ https://mohe.gov.mv/ އިން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިނިސްޓްރީން ވިދާޅުވީ ލޯނަށް 1153 ދަރިވަރުން ޝަރުތު ހަމަވި ނަމަވެސް 1015 ދަރިވަރުންނަށް ލޯނަށް ހޮވުނު ކަމުގެ ސިޓީ ހަވާލުކުރާއިރު، ސިޓީ ހަވާލު ނުކުރެވި ވަނީ ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނަށް އެދި ޝަރުތު ހަމަވި 138 ދަރިވަރަކަށް ކަމަށެވެ.

ވަޒީފާ ހޯދުމުގެ ދަތިތަކާއެކު މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ނިންމާފައި ވަނީ މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް ކަމަށާއި، އަދި ޝަރުތު ހަމަވާއެހެން ހުރިހާ ދަރިވަރުންނަށް ވެސް، މިއަހަރު އިއުލާން ކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހްތިޔާރު ދަރިވަރުންނަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީގެ ފަރާތުން ލޯނުގެ ފުރުސަތު 500 ދަރުވަރުންނަށް ދޭން ހުޅުވާލި ނަމަވެސް، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ފުރުޞަތުދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިމިދިޔަ މަިޖިލިސް އިންތިހާބާއި ދިމާކޮށް ނިންމަވާފައެވެ.