ޚަބަރުރާއްޖެ

އިންޑިޔާއާ އޮތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް- ރައީސް

June 11, 2024

Share this story

އިންޑިޔާއާ އޮތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ރައްޔިތުންނަށް އެންމެ ފައިދާއާއި, ލާބަހުރި ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.solexsolex

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ އަށް އެންމެ ރަނގަޅު ގޮތް, ދިވެހި ރައްޔިތުންނަށް އެންމެ ހެވާ ލާބަ ލިބޭގޮތަށް ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށެވެ. އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް ރަނގަޅުވެގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ވަޑައިގެންނެވުމުގެ ދައުވަތު ދެއްވީތީ ވަރަށްބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަތުރުގެ ތެރެއިން ބޮޑުވަޒީރާއި, އިންޑިޔާގެ ރައީސް އަދި ޔޫނިއަން މިނިސްޓަރ ޖައިޝަންކަރުއާ ބައްސަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަން ފާހަގަކުރެއްވި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ރައީސް ޑރ.މުއިއްޒު އިންޑިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އިންޑިޔާއަށް އެމަނިކުފާނު ވަޑައިގެންނެވީ އިންޑިޔާއާ ރާއްޖޭގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ދަތުރުފުޅުގެ ތެރެއިން އިންޑިޔާ ސަރުކާރުގެ އެންމެ އިސްބޭފުޅުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.