ޚަބަރުރާއްޖެ

އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާ ކުރަން މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

June 11, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޑީޕީ

އެމްޑީޕީގެ ޢިދާރީ ހިންގުން ހަރަދަނާ ކުރުމަށްޓަކައި އެޕާޓީގެ ފަރާތުން މުހިއްމު މަސައްކަތްތަކެއް ފަށާ، މަގުޗާޓެއް އެކުލަވާލަމުން ދާކަން އެޕާޓީން ހާމަކޮށްފިއެވެ. solexsolex

އެކަން ހާމަކޮށްފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލިސް ބައްދަލުވުުގައި ޗެއާޕާސަން ފައްޔާޒު އިސްމާޢިލްއެވެ. މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާން ކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ޗެއާޕާސަން ވަނީ ގައުމީ މަޖިލީހުގައި އެދިވަޑައިގެންފައެވެ. ހަމަ މިއާއިއެކު އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި، އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަށްވެސް ޗެއާޕާރސަން އެދިވަޑައި ގެންނެވިއެވެ.

މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި ޗެއާޕާސަން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިމިގެންދިޔަ ބޮޑު ދެ އިންތިހާބު އެޕާޓީއަށް ގެއްލުނު ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ޕާޓީގެ ތަޖުރިބާކާރު، ދުވަސްވީ މެމްބަރުންނާއި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލްތައް ވަނީ ބައްދަލުވުމުގައި ހިއްސާ ކުރައްވާފައެވެ.

ޤައިމީ މަޖިލިހުގެ މި ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީއަކީ ހަރުދަނާ ޕާޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ހިޔާލާއި މަޝްވަރާ ހޯދުމަށް އަތޮޅުތަކުގެ ރަށްތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ގާތަށް ޒިޔާރަތްކުރުމުގެ ދަތުރުތައްވެސް ދާދި އަވަހަށް ފެށިގެންދާނެއެވެ.