ޚަބަރުރާއްޖެ

މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޑޮލަރު އޭޓީއެމް މެޝިން މާފުށީގައި ބަހައްޓައިފި

June 11, 2024

Share this story

މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޑޮލަރު އޭޓީއެމް މެޝިން މާފުށީގައި ބަހައްޓައިފި އެވެ. މާފުށްޓަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެއްވަނަ އެވެ. އެންމެ ގިނަ ގެސްޓްހައުސްއާއި އެނދު ހުރި މީހުން ދިރިއުޅޭ ރަށަކީ މާލެ އަތޮޅު މާފުށްޓެވެ.solexsolex

މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭޓީއެމް މެޝިން ބަހައްޓާ މިހާރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ޚިދުމަތް ދޭން ފަށާފައެވެ.މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކ.ގުރައިދޫގައި އޮތް ކެމްޕެއިން އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ. ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ ކެންޕެއިންގައި އެކަން އިޢުލާނުކުރެއްވުމުގެ އިތުރުން، ވެރިކަމަށް ވަޑައިގެން 'ރައީސްގެ ޖަވާބު' ސިލްސިލާގައި، އެވައުދު ރައީސް ތަކުރާރު ކުރެއްވި އެވެ.