ޚަބަރުރާއްޖެ

އެމަޖިލިހަށް ރުހުން ނެތް ވަޒީރުންނަށް އާ މަޖިލިހުގެ ރުހުން!

June 10, 2024

Share this story

19 ވަނަ ރައްޔިތުންގެ މަޖިލިހުން ރުހުން ނެތްކަމަށް ފާސްކުރި ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް 20 ވަނަ މަޖިލިހުން ފާސްކޮށްފިއެވެ.solexsolex

20 ވަނަ މަޖިލިހުން މިއަދު ރުހުން ދިނީ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށާއި, ހައުސިންގ މިނިސްޓަރ ޑރ.އަލީ ހައިދަރާއި, ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް އަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލިހުން އެވަޒީރުންނަށް ރުހުން ނެތްކަމަށް ނިންމުމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެތިންވަޒީރުން އަލުން ހަމަ އެވުޒާރާތަކުގެ ވަޒީރުންގެ ގޮތުގައި އައްޔަން ކުރައްވާ ރުހުން ހޯއްދަވަން އަލުން ފޮނުއްވާފައެވެ. ނަމަވެސް އަލުން އެގޮތަށް ފޮނުއްވޭނެ ކަމަށް ނިމިދިޔަ މަޖިލިހުން ގަބޫލެއް ނުކުރައްވައެވެ. އެހެންކަމުން އެމައްސަލަ އޮތް ގޮތަށް އޮތީއެވެ.

ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ މަޖިލިހުން މިއަދު އެތިން ވަޒީރުންނަށްވެސް ރުހުން ދިނީ 80 އަށްވުރެ ގިނަ މެމްބަރުންގެ ވޯޓުންނެވެ. ޝަހީމްއަށް ރުހުން އޮތްކަމަށް 83 މެމްބަރުން ވޯޓް ދެއްވިއެވެ. އުޝާމަށް ރުހުން އޮތްކަމަށް 87 މެމްބަރުން ވޯޓް ދެއްވިއެވެ. އަދި ހައިދަރަށް ރުހުން އޮތްކަމަށް 81 މެމްބަރުން ވޯޓް ދެއްވި އެވެ.