ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ނުބޭއްވުން
May 08, 2024
Share this story

ލިޔުނީ
އަށްޑުވަސް,
ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ނުބޭއްވި ކެންސަލް ކޮށްފިއެވެ.solex
ޖަލްސާގެ ކޯރަމް ހަމަނުވެގެން ނިންމާލީ 11 ޖަހާއިރު އެވެ. 9 ޖަހާއިރު ފަށަން އޮންނަ ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވޭތޯ ދެގަޑިއިރު މަޑުކުރުމަށްފަހު ނިންމާލިއިރު މަޖިލިހުގެ ބައެއް މެމްބަރުން ތަޅުމުން ބޭރުގައި ތިއްބެވި ކަމަށް މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލިއިރު, ތަޅުމުގައި ތިއްބެވީ އެންމެ 10 މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލިހުގެ ހިނގަމުންދާ 19 ވަނަ ދައުރުގައި އަންނަ ހަފްތާގެ ހޯމަ ދުވަހު އޮންނާނީ ފަހު ޖަލްސާއެވެ. ހިނގަމުންދާ ދައުރު ނިމޭނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
93 މެމްބަރުން ހިމެނޭ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާ ކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ހިނގަމުންދާ މަޖިލިހުގެ މެމްބަރުންގެ ތެރެއިން 10 ވަނަ މަޖިލިހުގައި ތިއްބަވާނީ 11 މެމްބަރުންނެވެ.