ޗައިނާގެ އެހީތެރިކަމާއި އެކު 17 ރަށަކަށް ލެބޯޓަރީ ސާމާނު ހޯދަން ސޮއިކޮށްފި
March 28, 2024
Share this story

ޗައިނާގެ އެހީތެރިކަމާއިއެކު ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ ސާމާނު ހޯދުމަށް މިއަދު ސޮއި ކޮށްފިއެވެ.solex
ސިއްޙަތާއިބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ލެޓާ އޮފް އެކްސްޗޭންޖު" އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި 05 އަހަރުގެ މުއްދަތަށް ބަހާލައިގެން ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ސާމާނާއެކު ލެބޯޓަރީގެ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި، އަދި އެ ސިއްހީ މަރުކަޒުތަކުގައި ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާ އަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.