އިޝްތިހާރު ހަރުކުރުމަށާއި، ބެނާ ދެމުމަށް ޕޭވްމަންޓަށް ޖަހާ ހޮޅިތައް ނަގާނަށް: މާލެސިޓީ ކައުންސިލް
March 20, 2024
Share this story

ލިޔުނީ
އަށްޑުވަސް,
މާލޭގެ މަގުތަކުގައި އިޝްތިހާރާއި, ބެނާ ހަރުކުރުމަށާއި، ޕޯސްޓަރު ހަރުކުރުމަށް ޕޭވްމަންޓް މައްޗަށް ހޮޅިޖަހާކަމަށް ވާނަމަ އެހޮޅިތައް ނަގާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލެސިޓީ ކައުންސިލުން ބުނީ އިޝްތިހާރު ބެނާ އާއި ކެމްޕޭން ޕޯސްޓަރ ހަރުކުރުމަށް މަގުމަތީ ޕޭވްމަންޓަށް ހޮޅިޖެހުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ހޮޅިޖަހާނަމަ އެހޮޅިތައް ކައުންސިލުން ނަގަމުން ދާނެ ކަމަށެވެ. solex
މީގެ ކުރިންވެސް މާލެ ސިޓީކައުންސިލުން ވަނީ މާލޭގެ މަގުމަތީގައި ހޮޅިޖަހާ ކެމްޕެއިން ބެނާ ހަރުކުރާތީވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޕޭވްމަންޓަށް ހޮޅިޖެހުމުގެ ސަބަބުން މަގުމަތީގައި ހިނގާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެއާއިއެކު ބައެއް ފަހަރަށް ހޮޅިތަކުގައި ދަމާފައި ހުންނަ ބެނާގެ ސަބަބުން މަގުމަތީގައި ދުއްވާ އުނޅަދުފަހަރަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.
ހުޅުމާލޭގައި ކެމްޕެއިން ބެނާ އަދި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އެކޯޕަރޭޝަނުން އިއްޔެ ވަނީ ބުނެފައެވެ. އެކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެމްޕެއިނަށް މަގުމަތީގައި ހަރުކުރާ ބައެއް ތަކެތީގެ ސަބަބުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުންތަކެއް ލިބިދާނެ ހާލަތްތަކެއް މެދުވެރި ވެދާނެ ކަމަށެވެ.
މިދުވަސްވަރަކީ ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރުކަމުން މާލެ އާއި އަދި ހުލުމާލޭގެ އިތުރުން މުޅި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދަނީ ކެންޑިޑޭޓުންގެ ބޭނާ އާއި ޕޯސްޓަރު ހަރުކުރަމުންނެވެ.