ޚަބަރުރާއްޖެ

ފްލެޓްގެ ވާހަކައެއް ނެތް, ގޯތީގެ ރަޖިސްޓްރީ ދޫކުރާކަން ރައީސް އަނެއްކާވެސް ޔަގީންކޮށްދީފި

February 04, 2024

Share this story

މިދިޔަ ސަރުކާރުން ގޯތި ދޫކުރި ހުރިހާ ފަރާތްތަކަށްވެސް ގޯތި ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފިއެވެ.solexsolex

ރައީސް ޑރ.މުއިއްޒު މިކަން ތަކުރާރުކުރެއްވީ 'އަހަމާ' ގެ ދަށުން މާލޭގެ ރަށްވެއްސަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ގޯތި ދިނުމުގެ ކަންތައް ސާފްކުރުމަށް ކުރި ސުވާލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅިފަޅުންވެސް, ގިރާވަރު ފަޅުންވެސް ގޯތި ލިބުނު ހަމަ ހުރިހާ އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުންތައް ދިނުމުގެ ކަންތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހުރިހާ އެންމެންނަށް ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ރަޖިސްޓްރީ ދޫކުރުމުގެ ކަންތައް ކުރިއަށް ދާކަމަށް ރައީސުލްޖުމްހޫރިއްޔ ވިދާޅުވިއެވެ. ނުހިއްކާ އޮތް ސަރަހައްދުން ބިން ލިބޭނެކަމަށް މިދިޔަ ސަރުކާރުން ގެޒެޓްކުރި ލިސްޓްގައި އޮތް ފަރާތްތަކަށްވެސް ބިން ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ދޭން އޮންނަ ވަގުތީ ލިޔުން, ޤާނޫނީ ގޮތުން ރަޖިސްޓްރީ މިލިބެނީ ބިން ހިއްކުނީމަ, ވަގުތީ ރަޖިސްޓްރީއެއް އެގޯތި ލިބުންކަމުގެ ކަށަވަރުކަން ދިނުމުގެ ކަންތައްވެސް އެބަ ކުރިއަށްދޭ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅިފަޅުންވިޔަސް, ގިރާވަރު ފަޅުންވިޔަސް, އަދި ހުޅުމާލޭގެ ފަޅުތެރޭން ހިއްކަމުން ދާބައިން ދޫކޮށްފައިވާ ގޯތިތައް ވިޔަސް ލިބޭނެކަމަށް ބުނެފައިވާ އެންމެންނަށް ގޯތި ދެއްވާނެ ކަމަށެވެ. އަދި ހުރިހާ އެންމެންނަށް ލިޔުމާ ރަޖިސްޓްރީ ދޫކުރުމުގެ ކަންތައް ބާރަށް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.

ނުހިއްކާ އޮތް ބިންތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއިރު ފްލެޓް ލިބޭނެ ކަމަށް ދާއިމީ ލިސްޓްގައި ގެޒެޓްކޮށް އަދި ބައެއް ފަރާތްތަކާއެކު ސޮއިވެސް ކޮށްފައި ވެއެވެ. ނަމަވެސް އެފަރާތްތަކަށް ފްލެޓް ދިނުމުގެ ކަންކަން ބިނާވަނީ އޭސީސީގެ ނިންމުންތަކަށެވެ.