ޚަބަރުރާއްޖެ

ރާއްޖޭގެ ސަފީރު އިންޑިޔާގެ އެކްސްޓާރނަލް މިނިސްޓްރީއަށް, އިންޑިޔާ ސަފީރު ރާއްޖޭގެ ފޮރިންގ މިނިސްޓްރީއަށް ހާޒިރުކޮށްފި

January 08, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިންޑިޔާފޮރިންގ މިނިސްޓްރީ

ރާއްޖޭގެ ސަފީރު އިންޑިޔާގެ އެކްސްޓާރނަލް މިނިސްޓްރީއަށް, އިންޑިޔާ ސަފީރު ރާއްޖޭގެ ފޮރިންގ މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ.solexsolex

ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު އެގައުމުގެ އެކްސްޓަރނަލް މިނިސްޓްރީއަށް ހާޒިރުކުރެއްވީ މިއަދު ހެނދުނު އެވެ. އޭގެ ފަހުން އިންޑިޔާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ރާއްޖޭގެ ފޮރިންގ މިނިސްޓްރީ އަށް ހާޒިރު ކުރައްވާފައެވެ.

ދެސަފީރުން ދެގައުމުގެ ހާރިޖީ ވުޒާރާއަށް ހާޒިރުކުރައްވާފައި މިވަނީ ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކުރައްވާ ބޭއަދަބީ ބަސްތައް ބޭނުންކޮށް, އަދި އިންޑިޔާއާ މެދު ނުރުހުމާއި ނަފްރަތު އުފެދޭ މޭރުމުން ރާއްޖޭގެ ސަރުކާރުގެ ސިޔާސީ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ކޮށް މަސްލަހަތު ގޯސްވެފައި ވަނިކޮށެވެ. އަދި އެޚަބަރުތައް އިންޑިޔާގެ މީޑިޔާތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނާއި, ފިލްމީ ތަރިންވެސް މިކަމުގެ ތެރެއަށް ވަދެ ނުރުހުން ފާޅުކޮށްފައިވާ ވަގުތެއްގައެވެ.

މިމައްސަލައާ ގުޅިގެން ތިން ޑެޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އެހިޔާލުތަކަކީ ސަރުކާރުގެ ބަސް އަދި ސަރުކާރުން ގަބޫލުކުރާ ގޮތްވެސް ނޫންކަމަށް ބުނެ ބަޔާނެއްވެސް ވަނީ ނެރެފައެވެ. މިކަންކަން ހިނގާފައިވަނީ އާދިއްތަ ދުވަހުއެވެ. އެހެންކަމުން ދެގައުމުގެ ސަފީރުން ދާހިލީ ވުޒާރާއަށް ހާޒިރުކޮށްފައި ވަނީ މިމައްސަލައާ ގުޅިގެން ކަމަށް ބެލެވެއެވެ.

މައްސަލަ އުފެދުނީ އިންޑިޔާގެ ބޮޑުވަޒީރު އެގައުމުގެ ލަކްޝަދީފް އައިލެންޑްގެ ރަށްތަކަށް ވަޑައިގެން އިންޑިޔާގެ ފަތުރުވެރިން އެރަށްތަކުގައި ޗުއްޓީ ހޭދަކުރަން ބާރުއަޅުއްވާ ދޫކޮށްލި ވީޑިއޯ އަކަށް ފަހުއެވެ.